ENGLISH
11 ފެބްރުއަރީ 2026
މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއިކުރާނީ އާއްމުކޮށް ހުޅުވާލުމުން: މަޖިލިސް އިދާރާ
11 ފެބްރުއަރީ 2026
|
ރައްޔިތުންގެ މަޖިލިސްކުރާ ގެ. ފޮޓޯ؛ނުކުތާ
އެންމެ މަޤްބޫލު
އާންމުން ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއި ކުރާނީ އެ ޕެޓިޝަނެއްގައި ސޮއިކުރަން މަޖިލީހުން އާންމުކޮށް ހުޅުވާލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް އެ އިދާރާއިން ތައާރަފުކުރި، އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕެޓިޝަންތަކުގެ ޝަރުތުހަމަވާކަމަށް ކަނޑަނާޅަނީސް އާންމުންގެ ސޮއި ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އަންގައި މަޖިލިސް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އީ ޕެޓިޝަން ޕޯޓަލްގައި ޕެޓިޝަނެއް ޢާންމުކުރުމަށް އެދި ހުށަހެޅުމަށް ބޭނުންވާނީ ފަސް ސޮއިކަމަށެވެ.
ޕެޓިޝަން ޢާންމުކުރުމަށް އެދި ހުށަހެޅުމަށް ބޭނުންވާ ފަސް ސޮއި ހަމަވުމާއެކު، ޕެޓިޝަން ތައްޔާރުކުރި ފަރާތުން އީ ޕެޓިޝަން ޕޯޓަލްގައި އެ ޕެޓިޝަނެއް ޢާންމުކުރުމަށް ބޭނުންވާނަމަ އެކަމަށް އެދި ފޮނުވަންވާނެކަމަށް ބަޔާނުގައިވެއެވެެ. ޕެޓިޝަނެއް އީޕެޓިޝަން ޕޯޓަލްގައި ޢާންމުކުރުމަށް އެދި ޕެޓިޝަން ތައްޔާރުކުރި ފަރާތުން ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސާފައިވާ މުވައްޒަފުން އެ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވޭތޯ ބެލުމަށްފަހު، ޝަރުޠު ފުރިހަމަވާނަމަ، އެ ޕެޓިޝަނެއް ޢާންމުކޮށް ސޮއިކުރުމަށް ހުޅުވާލާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ޕެޓިޝަނެއްގައި ޢާންމުކޮށް ސޮއިކުރުން ފެށޭނީ އޭގެފަހުން ކަމަށާއި ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަންގައި ޢާންމުކޮށް ސޮއިކުރުމަށް ހުޅުވާނުލާހާހިނދަކު، އެ ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ނިންމާފައިވާ ޕެޓިޝަނެއް ކަމުގައި ނުބެލެވޭނެކަމަށް މަޖިލިސް އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
" އެ ޙާލަތުގައި ޕެޓިޝަނަކީ ޕެޓިޝަން ހުށަހަޅާ ފަރާތުގެ އަމިއްލަ "ޕެޓިޝަނެކެވެ". އެހެންކަމުން، ޕެޓިޝަނެއްގައި ޢާންމުކޮށް ސޮއިކުރުމުގެ ކުރިން އީޕެޓިޝަން ޕޯޓަލްގައި ޝާއިޢުކޮށްފައިވާ ޕެޓިޝަންތަކުގެ ތެރެއިން "ސޮއި ހޯދަމުންދާ ޕެޓިޝަން" ތަކުގެ ތެރޭގައި އެ ޕެޓިޝަނެއް އާންމުކޮށްފައިވޭތޯ ކަށަވަރުކުރުން އެދެމެވެ.ޕެޓިޝަންގެ މަރުޙަލާތަކާ ގުޅޭގޮތުން ޕެޓިޝަން ހުށަހަޅާ ފަރާތުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު އެ ފަރާތުން އީ-ފާސްގައި ރަޖިސްޓަރކޮށްފައިވާ މެއިލްއަށް ލިބެމުންދާނެއެވެ. އެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން އެދެމެވެ. " - މަޖިލިސް އިދާރާ
ވުމާއެކު އެއްވެސް ޕެޓިޝަނެއްގައި އާންމުކޮށް ސޮއިކުރުމުގެ ކުރިން އެ ޕެޓިޝަނަކީ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލްގައި ޝާއިޢުކޮށްފައިވާ ޕެޓިޝަންތަކުގެ ތެރެއިން "ސޮއި ހޯދަމުންދާ ޕެޓިޝަން" އެއްކަން ކަށަވަރު ކުރުމަށް މަޖިލިސް އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.