ENGLISH

12 ފެބްރުއަރީ 2026

Advertisement

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

11 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ފުލުހުން ނައްތާލާފައިވާ ބަނގުރާ-- ފޮޓޯ: ފުލުހުންގެ އިދާރާ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެެވެ.

ފުލުހުން ބުނީ، މިއަދު ނައްތާލާފައިވާ ތަކެއްޗަކީ ފުލުހުންނަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާކަމަށެވެ.

މިގޮތުން ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 777 ފުޅި ބަނގުރަލާއި 225 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 10އައިޓަމެއްކަން ފުލުހުންގެ އިދާރައިން ވަނީ ބުނެފަ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ބަނގުރާ ނައްތާލުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު