ENGLISH

10 ފެބްރުއަރީ 2026

Advertisement

ޝުޖާއު އެމްޑީޕީއަށް: ދެ އިންތިހާބު އެއްކޮށްލާ ވާހަކަ ނުދައްކާ ޕާޓީ އެތެރެ ރަނގަޅު ކުރޭ!

10 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު. ފޮޓޯ:މަޖިލިސް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ނުދައްކައި އެންމެ ފުރަތަމަ އެމްޑީޕީގެ އެތެރޭގެ ހާލަތު ރަނގަޅުކުރުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ. 

މެމްބަރު މިފަދައިން ގޮވާލެއްވީ ދެ އިންތިޚާބު އެއްކޮށްލަން ޤާނޫނުއަސާސީއަށް ހުށަހެޅި ބަހުސްގެ ތެރެއިންނެވެ. 

ޝުޖާއު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ ބިލާ އެމްޑީޕީން ދެކޮޅު ހަދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބަލިވެދާނެތީކަމަށެވެ. 

މަޖިލީހުގެ ބަޖެޓުން ރާއްޖެއިން ބޭރަށް ދަތުރުތައް ކުރަނީ ތަޖުރިބާ ހޯދައި އެ ގައުމުތަކުގައި ރައްޔިތުންނަށް ލާބައާއި މަންފާއަށް ކުރަމުންދާ ކަންކަން ދެނެގަތުމަށްކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. 

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެމްޑީޕީގެ ޗެއާޕަސަންކަމުގެ މަގާމަށް އިންތިހާބުވީ ފަހުން އެމްޑީޕީގެ ތާއީދު ރައްޔިތުންގެ މެދުގައި ނެތެމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

"އިންތިހާބުތައް އެއްކޮށްލުމުގެ ވާހަކަ ނުދައްކާ އެންމެ ފުރަތަމަ ޕާޓީގެ އެތެރޭގެ ކަންކަން ރަނގަޅު ކުރާށޭ. މަލްޓި ޕާޓީ ސިސްޓަމެއްގެ ތެރެއިން ހިނގަމުންދާއިރު ތިމާމެންގެ ޕާޓީގެ އެތެރެ ރަނގަޅުކޮށްފައި މިކަހަލަ ކަންކަމަށް ފާޑުކިޔަންވާނީ. މި އިސްލާހަކީ ގާނޫނޫނާއި ގަވާއިދުގެ ތެރެއިން ގެނެވުނު އިސްލާހެއް. ނުބައި ތަސައްވުރެއް ރައްޔިތުންނަށް ވިސްނައި ދިނުމަށްޓަކައި އިދިކޮޅުން ވާހަކަ ފަތުރާނެކަމެއް ނެތް." - ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ދެ އިންތިހާބު އެއްކޮށްލުމުގެ ސަބަބުން ހަރަދު ބޮޑުތަނުން ކުޑަވެގެންދާނޭކަން ފާހަގަކުރައްވައި މެމްބަރު ޝުޖާއު ވިދާޅުވީ ހަރަދު ކުޑަކުރުމަކީ ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށާއި ރާއްޖެ ބަނގުރޫޓު ނުވެ މި ދަނީ އެމަނިކުފާނުގެ ހަރުދަނާ މާލީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. 

ޝުޖާއު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ބާއްވާ އެންމެ ފުރަތަމަ އިންތިހާބު މާތް ﷲ ގެ ރަހުމަތުން ކާމިޔާބު ކުރައްވާނެކަމަށެވެ. 

ޝުޖާއު މިފަދައިން ވިދާޅުވީއިރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައެވެ.

ދެ އިންތިޚާބު އެއްކޮށްލަން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ ތެރެއިން 72 މެންބަރުންގެ އިންތިފާޤުންނެވެ. އިޞްލާހު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަޙްމާން އެވެ.

ކިޔުންތެރިންގެ ހިޔާލު