ENGLISH

10 ފެބްރުއަރީ 2026

Advertisement

ރެޔާއި ހަމައަށް 46،000 އަށް ވުރެ ގިނަ މަސް ކޭސް ބަހައިފި

10 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ސަރުކާރުން މަސްދަޅު ދޫކުރުން. ފޮޓޯ؛ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ރެޔާއި ހަމައަށް މާލެ ސަރަހައްދުގައި 46،000 އަށް ވުރެ ގިނަ މަސް ކޭސް ބަހައިފިއެވެ.

މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި އެންމެ ފަހުގެ މައުލޫމާތުގައި ވާގޮތުން ރެޔާއި ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ)ގެ ގޭބިސީތަކަށް 46,147  މަސްދަޅު ކޭސް ވަނީ ބަހާފައެވެ. 

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާނެ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި ވުޒާރާއިން ކަނޑައަޅާފައިވަނީ މާދަމާ ރެ އެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ ފެބުރުވަރީ މާދަމާ ރޭ 11:00 އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވުޒާރާއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. 

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދަނީ ދޫކުރަމުންނެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެދިފައިވަނީ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭހާ ހަވާލުވުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު