ENGLISH
10 ފެބްރުއަރީ 2026
ހުރާގައި އަލަށް ގާއިމްކުރާ ސިއްޚީމަރުކަޒުގެ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް
10 ފެބްރުއަރީ 2026
|
ހުރާގައި އަލަށް ގާއިމްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ކ. ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ފެންސް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ ހުރާގައި އަލަށް އިމާރާތް ކުރާ އިމާރާތަށް ބޭނުންވާ ވަގުތީ ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހުރާގައި އަލަށް ގާއިމްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫޢުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ހަދާނެ އެވެ.
ހުރާ ކައުންސިލް އިން ބުނީ، މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެ ކަމަށެވެ. މި މަޝްރޫއުގު ދަށުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތާއ،ި މޭސަނަރީ މަސައްކަތާއި، ޓައިލްސް ޖެހުމުގެ މަސައްކަތާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއި، ދަވާދު ލުމާއި، ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއި، ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، އަލިފާން ނިއްވުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސްތެރޭގައި ނިންމާ ގޮތަށް 27.23 މިލިއަން ރުފިޔާ އަށެވެ.