ENGLISH
10 ފެބްރުއަރީ 2026
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ރިފްއަތު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް
10 ފެބްރުއަރީ 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
އިލެކްޝަން ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރުގެ މަގާމުގެ ދައުރު ހަމަވާތީ އެ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.
މި މަގާމަށް އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ އަލްއުސްތާޒު ރިފްއަތު އަބްދުﷲ ކިނާރާ، މ.ވޭވަށް އެވެ.
ޑރ. ޒާހިރުގެ މަގާމުގެ މުއްދަތު މި މަހުގެ 21 އަށް ހަމަވާނެއެވެ.
އަލްއުސްތާޒު ރިފްއަތު އަބްދުﷲ އެ މަގާމަށް އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
ކޮމިޝަނުގެ މެންބަރު ކަމަށް މީހުން އައްޔަންކުރެވޭނީ އެކަމަށް ކުރިމަތިލުމަަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކުރުމުން ނެވެ.
އިލެކްޝަން ކޮމިޝަނުގައި 5 މެމްބަރުން ތިއްބަވައެވެ.