ENGLISH

11 ފެބްރުއަރީ 2026

Advertisement

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ބާނީއަކީ ރައީސް ޑރ. މުއިއްޒު: މެމްބަރު ލަތީފް

10 ފެބްރުއަރީ 2026

|

އައިޝަތު ޝާލީން

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު -- ފޮޓޯ: އެމްއެމްޓީވީ

ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ބާނީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަން އެމަނިކުފާނުގެ ރިޔާސީ ބަޔާނުން ހާމަވެގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ރިޔާސީ ބަޔާން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ މިއަހަރު ރައީސް ޑރ. މުއިއްޒު ދެއްވެވި ރިޔާސީ ބަޔާނަކީ ރާއްޖޭގެ ތާރީޚުގައިވެސް ރައީސަކު އިއްވެވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށެވެ. މި ބަޔާނުގައި ގައުމަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވާކަމަށާއި، އަދި އެކަންކަން ހައްލުކުރާނެ ގޮތްތައް ތަފްސީލުކޮށްދެއްވާފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. 

މެމްބަރު ލަތީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ އެއް ކަމަކީ ރައްޔިތުން ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ރައްޔިތުން އެދޭ ގޮތަށް ރަށްރަށުން ލިބޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ. ރައީސްގެ އަމާޒަކީ މިކަންކަމުގެ އަމަލީ ސިފަ ގެނެސްދިނުން ކަމަށާއި، ރަށްރަށުގައި ގާއިމުކުރަމުންދާ އޭޓީއެމްގެ ޚިދުމަތްތަކާއި، ފުލުހުންގެ ޚިދުމަތާއި، ޕާކުތަކާއި، ކުޅިވަރު ފެސިޓީތަކުން މިކަން ވަރަށް ބޮޑަށް އެނގިގެންދާކަމަށް މެމްބަރު ވިދާޅުވިއެވެ. 

ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ސާފުކުރެއްވުމަށް އެމަނިކުފާނު އަމިއްލަފުޅަށް ރައްޔިތުންނާ އަދި ކައުންސިލްތަކާ ބައްދަލުކުރައްވާ އެ ކަންކަން ސާފުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުންވެސް ދެމެހެއްޓެނިވި ތަރައްގީގެ ބާނީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުކަން ސާފުވެގެންދާކަމަށް މެމްބަރު ވިދާޅުވިއެވެ. 

މީގެ އިތުރުން ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ރައްޔިތުން އެންމެ ބޭނުންވާ ތަކެތި ފަސޭހައިން ހެޔޮ އަގުގައި އެސްޓީއޯ މެދުވެރިކޮށް ރަށްރަށުން ލިބޭނެ ގޮތަށް ރައީސް ނިންމަވާފައިވާއިރު، މިއީ ވަރަށް ރަނގަޅު އަދި މުހިންމު ނިންމެވުމެއްކަމަށާއި، މިކަންވެސް ބައްޓަންކޮށްދެއްވާފައިވަނީ ދާއިމީ ގޮތެއްގައި މިތަކެތި ރަށްރަށުން ފޯރުކޮށްދެވޭނެ ގޮތަށް ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. 

ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ހުރިހާ ޚިދުމަތްތައް އެ ރަށްރަށުން ލިބޭނެގޮތް މަގުފަހިކޮށްދިނުން ކަމަށާއި، މިއީ ރައްޔިތުން ޚިދުމަތްތައް ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތަކަށް ލިބޭ ވަރަށް ބޮޑު ހައްލެއް ކަމަށް މެމްބަރު ލަތީފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު