ENGLISH
08 ފެބްރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
08 ފެބްރުއަރީ 2026
|
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި ނިޔާޒް --
އެންމެ މަޤްބޫލު
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނުގެ ދަށުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ލ.އިސްދޫ ޒުނޯރިޔާ، އަލްއުސްތާޛު އަޙްމަދު ނިޔާޒު ޢައްޔަންކުރުމަށް ނިންމައި، މަޤާމުގެ ހުވައި މިއަދު ކުރައްވާފައިވާ ކަމަށެވެ.
ނިޔާޒު ވަނީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފަ އެވެ. ޝަރުޢީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އަޙްމަދު ނިޔާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގަ އެވެ. އޭނާ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކޮށްފައިވަނީ 2013 ނޮވެންބަރު 13 ވަނަ ދުވަހު އެވެ.