ENGLISH
08 ފެބްރުއަރީ 2026
މާލޭ ޕޯޓު ތިލަފުއްޓަށް ބަދަލު ކުރުން ވާނީ ފަހުގެ ތާރީޚުގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުމަށް: ސަޢީދު
07 ފެބްރުއަރީ 2026
|
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވަޒީރު، މުޙައްމަދު ސައީދު
އެންމެ މަޤްބޫލު
އަންނަ އަހަރު މާލޭ ވިޔަފާރި ބަންދަރު ތިލަފުއްޓަށް ބަދަލު ކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުންކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވަޒީރު، މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވަވައި ދެއްކެވި ވާހަކަފުޅުގައެެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރިއެރުމަކަަށް ވަނީ ތިލަފުއްޓަށް ބަދަލު ކުރާތީނޫންކަމަށާއި، ޖާގަ އޮތްތަނަކަށް ބަދަލުވާތީކަމަށެވެ. ރާއްޖޭގެ ވިޔަފާރި ވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮދު ގޮންޖެހުމަކީ މާލެއަށް ގެންނަ މުދާ، ބަނަދަރުގެ ޖާގައިގެ ދަތިކަމާއި ހުރެ، ނުބޭލި ގިނަދުވަސްތަކެއް ވާންޖެހުންކަމަށެވެ. އޭގެ ސަބަބުން ތަކެތީގެ ފެންވަރަށާއި، އަގަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިހާރުވެސް ރަމަޟާން މަހަށް އައި މުދާ ބޯޓު ފަހަރުން ބޭލުމަށް އެތައް ހުރަސްތަކެއް އެބަހުރި. ޖާގައިގެ ދަތިކަމުން. މިއާއި އެކުގައި އެހާ ގިނަދުވަސް ވެގެން މުދާ ބާލާއިރު އޭގެ ތާޒާކަން ދަށްވެފަ ހުންނަނީ. އަދި އެއާއި ހުރެ އަގަށް ވެސް ބަދަލުތަކެއް އަންނާނެ. އެއީ އެކިއެކި ފީތަކާއި ޖޫރި މަނާތަށް އަރަމުން ދިއުން. ސަރުކާރަށް ވީވަރަކުން އެ އަދަދުތައް ދަށް ކުރަމުން ދިޔަޔަސް، ވިޔަފާރި ކުރާ ފަރާތްތަކަށް އޭގެ ބުރަ އުފުލަން ޖެހޭ. " - އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވަޒީރު، މުޙައްމަދު ސައީދު
ސައީދު ވިދާޅުވީ މިހާތަނަށް ދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައިވެސް އެއްވެސް ސަރުކާރަކުން، ވިޔަފާރި ބަނދަރު ބޮޑުކުރާ ވާހަކަ ފިޔަވައި، އިތުރު އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަކީ ޙަގީގަތެއް ކަމަށެވެ. ނަމަވެސް ވައިގެ ބަނދަރު ބޮޑު ކުރެވި، ޓޫރިޒަމްވެސް ކުރިއަރަމުން އަންނަ އިރު، ރާއްޖެއަށް މުދާ އެތެރެކުރަނީ ކަނޑުމަގުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެންމެ ކުރީޒަމާނުގައި އޮތް މިންވަރަށް ޕޯޓު ބާއްވައިގެން ކުރިއެރުން ނުލިބޭނެކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޒަމާންވީ މި ބަނދަރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ވިޔާފާރިވެރިންނަށް ފަސޭހަވެ، ތަކެތީގެ އަގު އެކަށީގެންވާ މިންގަނޑުގައި ހިފެހެއްޓުމަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުން ކަމަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ އެމަސައްކަތް ފައްޓަވާފައިވާކަމަށް ވިދާޅުވެފައެވެ.