ENGLISH
21 މާރިޗު 2026
ކުޑަހުވަދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
31 ޖެނުއަރީ 2026
|
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ. ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
ދ. ކުޑަހުވަދޫއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މި މީހާ ހައްޔަރުކޮށްފައި ވަނީ، އެރަށަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއެއްގައި، ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ / އަތަމާގެ، ޙުސައިން އަފީފް (50އ) އެވެ.
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދ. އެއާޕޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޙުސައިން އަފީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް، އެ ހިދުމަތުން ވަނީ ބުނެފަ އެވެ.