ENGLISH

10 އޭޕްރީލު 2025

Advertisement

އިތުބާރު ނެތް ކަމުގެ މައްސަލައިން ސަލާމަތްވިޔަސް، ޔޫންގެ މުސްތަޤުބަލާ މެދު ސުވާލެއް

08 ޑިސެމްބަރު 2024

|

އެމް އެމް

ޕީޕީގެ ވެރިޔާ ހާން ޑޮންގް ހޫން އާއި ބޮޑުވަޒީރު ހާން ޑަކް ސޫ ބައްދަލުކުރެއްވުމަށްފަހި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ. --

ދެކުނު ކޮރެއާގެ އިދިކޮޅު ޕާޓީތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިން، އެ ޤައުމުގެ ރައީސް ޔޫން ސުކް ޔެއޯލް ސަލާމަތްވެވަޑައިގަތަސް، އެ މަޤާމުގައި ދެމިހުންނެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މުޅި ދުނިޔެ ސިއްސުވާލައި، ދެކުނު ކޮރެއާގައި ކުއްލި ޙާލަތު  ޔޫން އިޢުލާނު ކުރެއްވީ، އުތުރު ކޮރެއާގެ ނުފޫޒު ދެކުނު ކޮރެއާގެ ދަޢުލަތުގެ އެތެރެއަށް ފޯރާފައިވާ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށް ވިދާޅުވެއެވެ.

ނަމަވެސް، ކުއްލި ޙާލަތު އިޢުލާނު ކުރެއްވިތާ ހަ ގަޑިއިރެއްހާ އިރުގެ ތެރޭގައި، އެ ނިންމުން ބާތިލުކުރައްވަން ޔޫންއަށް މަޖުބޫރުވީ، ސިފައިން ނުކުމެ ބަންދުކޮށްފައި އޮތް ޤާނޫނު ހަދާ މަޖިލީހަށް، އިދިކޮޅު މެންބަރުން ގަދަކަމުން ވަދެގަނެ، ކުއްލި ޙާލަތު އުވާލަން ފާސްކުރުމުންނެވެ. 

ކުއްލި ޙާލަތު އުވާލެއްވިޔަސް، ޔޫން މަޤާމުން ދުރުކުރަން އިދިކޮޅު ޕާޓީތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްވީ، ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ މެންބަރުން އެ މައްސަލާގައި އިއްޔެ ނެގި ވޯޓު ބޮއިކޮޓްކޮށް، މަޖިލީހުގެ ތަޅުމުން ނުކުތުމުންނެވެ.

ޕީޕީޕީން ބުނީ، އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާޢީދުނުކުރީ، ޔޫން އިސްތިޢުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާތީ ކަމަށެވެ. 

"ރައީސް އިސްތިޢުފާ ދެއްވަން ދެން، މަޤާމުގެ މަސްޢޫލިއްޔަތުތަކުން ވަނީ އެކަހެރިކުރެވިފައި،" އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

ޔޫންގެ އިސްތިޢުފާ އާ ގުޅޭގޮތުން، ޕީޕީގެ ވެރިޔާ ހާން ޑޮންގް ހޫން އާއި ބޮޑުވަޒީރު ހާން ޑަކް ސޫ މިއަދު ވަނީ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފައެވެ.

އޭގެ ފަހުގައި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ވެސް ވަނީ ތާވަލްކޮށްފައެވެ. 

ވޯޓުގެ ކުރިން ޔޫން ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. 

"އަޅުގަނޑުގެ ސަބަބުން އާންމުންނަށް ހާސްކަމާއި އުނދަގޫތައް ކުރިމަތިވެފައިވާ އިޚްލާސްތެރިކަމާއެކު މާފަށް އެދެން،" ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބުގައި ޔޫން ވިދާޅުވިއެވެ.

ކުއްލި ޙާލަތު އިޢުލާނުކުރިއިރު ހުންނެވި ޑިފެންސް މިނިސްޓަރު ވަނީ ހައްޔަރުކޮށް، ގެ އާއި އޮފީސް ބަލައި ފާސްކޮށްފައި ކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ.  

ކިޔުންތެރިންގެ ހިޔާލު