ENGLISH

10 އޭޕްރީލު 2025

Advertisement

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕުގެ ޓީމާ އެކު ދަނީ މަސައްކަތް ކުރަމުން: ގަޠަރު

07 ޑިސެމްބަރު 2024

|

އެމް އެމް

ގަތަރުގެ ބޮޑުވަޒީރު.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޓީމާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ގަތަރުން ބުނެފިއެވެ.

ޤަޠަރުގެ ބޮޑުވަޒީރު ޚާރިޖީ ވަޒީރު ޝެއިޚު މުޙައްމަދު ބިން އަބްދުއްރަހުމާން އަލް ޘާނީ ވިދާޅުވީ އެމެރިކާގެ އިންތިޚާބަށް ފަހު، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އުއްމީދުތަކެއް ލިބިފައިވާ ކަމަށެވެ. 

އިޒްރޭލް ސިފައިން ޣައްޒާ އަށް ހަމަލާ ދެމުންދާތާ މިހާރު 14 މަސް ދުވަސް ވެއްޖެ އެވެ. އެ މުއްދަތުގައި ޣައްޒާ އިން ވަނީ ފަލަސްތީނުގެ 44،000 މީހުން ޝަހީދުވެފަ އެވެ. 

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޑިޕްލޮމެޓް ގޮތުން އެންމެ ބޮޑަށް މަސައްކަތް ކުރާ ގައުމުތަކުގެ ތެރޭގައި ގަތަރު ހިމެނެ އެވެ. 

ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވީ ފަލަސްތީނުގެ ހަނގުރާ ހުއްޓާލުމަށް މަސައްކަތް ކުރާނެ ކަމުގެ އުއްމީދު، އެމެރިކާގެ ވެރިކަމާ ދެން ހަވާލުވާ ސަރުކާރާ މެދު އެބައޮތް ކަމަށެވެ. އަދި ސުލްހައިގެ މަސައްކަތުގައި އުޅޭ ފަރާތްތަކުގެ ހެޔޮ ނިޔަތާ މެދު ޝައްކު ނުކުރާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ. 

ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ އޭނާ އަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދުނިޔޭގައި ހިނގާ ބޮޑެތި ހަނގުރާމަތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު