ENGLISH
10 އޭޕްރީލު 2025
ޣައްޒާގެ ސުލްޙައިގެ މަޝްވަރާތައް އަންނަ ހަފްތާގައި އަލުން ފެށޭނެކަމަށް ބުނެފި
07 ޑިސެމްބަރު 2024
|
އިޒްރޭލުން ދިން ޙަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއްގައި ކައިރީގައި މީހަކު މަޑުކޮށްލައިގެން. --
އިޒްރޭލުން ފަލަސްތީނުގެ ޣާއްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލައި، ހަމާސް އާ ދެމެދު ސުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތައް އަންނަ ހަފްތާގައި އަލުން ފެށޭނެ ކަމަށް، ހަމާސްގެ ވަފްދާ ގާތްގުޅުމެއް އޮންނަ މަސްދަރަކުން ބުނެފިއެވެ.
"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ޤާހިރާގައި އާ ބުރެއްގެ މަޝްވަރާތައް ފެށޭނެ ކަމަށް ބެލެވެނީ މި ހަފްތާގައި. ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމާ ގުޅޭ ޚިޔާލުތަކާއި ހުށަހެޅުންތަކާ ބެހޭ ގޮތުން،" ނަން ނުޖަހަން އެދި އޭނާ ބުންޏެވެ.
"މިޞްރު އާއި، ޤަތަރާއި ތުރުކީ އަދި އެހެން ފަރާތްތަކުން ވެސް ދަނީ ހަނގުރާމައާއި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާއްމުތައް ހުއްޓުވުމަށް ތަޢުރީފް ހައްޤު މަސައްކަތްތަކެއް ކުރަމުން."
އެމެރިކާ އާއި މިޞްރު އާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަތާ އެތައް މަހެއް ފަހުން، އެ މަސައްކަތްތައް ހުއްޓައިލިކަން ޤަތަރުން މިދިޔަ މަހު އިޢުލާނުކުރީ، މި ކަން ކާމިޔާބުކުރަން ބޭނުންވާކަމުގެ ވަނީ އިސްރާއީލާއި ހަމާސްއިން "ޝައުޤުވެރިކަމާއި ސީރިއަސްކަން" އިޒްރޭލާއި ހަމާސް އިން ވެސް ދައްކަން ޖެހޭ ކަމަށް ބުނެއެވެ.
ނަމަވެސް، މަޢުލޫމާތު ލިބޭ ގޮތުގައި، ޤަތަރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ މަސައްކަތް އަލުން ފަށައިފައެވެ.
ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ހަމައަށް ވާޞިލުވުމަށްޓަކައި ދޫދޭން ތައްޔާރަށް އޮތް ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.
ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ޖަމާއަތުން މިހާރު ބޭނުންވަނީ، ވަކި ތާރީޚުތަކެއްގައި ޣައްޒާގެ މުޙިއްމު ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފޭބުމެވެ.
މީގެކުރިން، މަޝްވަރާތަކަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ، ޣައްޒާގެ ހުރިހާ ސަރަޙައްދަކުން އިޒްރޭލު ސިފައިން ފައިބަން ހަމާސް އިން ކުރާ ޑިމާންޑެވެ.
ޣައްޒާގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 44،000 އަށް ވުރެ ގިނަ ފަލަސްތީނުގެ މީހުން ޝަހީދުވެ، 105،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.