ENGLISH
23 ޖެނުއަރީ 2026
ކެނޑިޑޭޓާކަށް ވުމަށް ހުށަހަޅާ ފޯމްތަކަށް ވީހަވެސް އަވަހަށް ޖަވާބު ދޭނަން: އީސީ
23 ޖެނުއަރީ 2026
|
ފޮޓޯ:އިލެކްޝަންސް ކޮމިޝަނުން
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނި ގޮތުގައި،ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރަން އެދޭ ކެންޑިޑޭޓުންގެ ފޯމުތައް ބެލުމަށްފަހު، ރަސްމީ މުއްދަތަށްވުރެ އަވަހަށް އެ ފަރާތަތަކަށް މިހާރު ދަނީ ޖަވާބު ފޮނުވަމުންނެވެ.
ފޯމުތަކަށް ޖަވާބުދިނުން ލަސްވާ މައްސަލާގައި އީސީން ބުނީ، އިންތިޚާބަށް ކުރިމަތިލާ މީހާގެ ފޯމު ލިބޭތާ ގިނަވެގެން ފަސް ދުވަސް ތެރޭގައި ޖަވާބު ދިނުމަށް ގާނޫނުގައި އޮންނަ ކަމަށެވެ.
އެހެންނަމަވެސް، ފޯމުތައް ހުށަހަޅަމުންދާ ވަރަކަށް، ގާނޫނުގައި ބުނާ މުއްދަތަށްވުރެ އަވަހަށް ކޮމިޝަނުން މިހާރުވެސް ޖަވާބު ފޮނުވަމުންދާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މި ކޮމިޝަނުގައި ގާއިމްކޮށްފައިވާ ނިޒާމުތަކުގައިވާ މައުލޫމާތުތަކަކީ ރައްކާތެރިކަމާ އެކު، އެ މައުލޫމާތު ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ،" އީސީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، ނުތަނަވަސްކަން އުފެދިދާނެ ފަދަ އެއްވެސް ވާހަކައެއް ނުފެތުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ ވޯޓުލުން ކުރިއަށްދާނީ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެ