ENGLISH

23 ޖެނުއަރީ 2026

Advertisement

ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޝިއާރުތަކަށް އިހުތިރާމު ކުރަންޖެހޭނެ: ޝަހީމް

23 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.ޝަހީމް

ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޝިއާރުތަކަށް އިހުތިރާމު ކުރަންޖެހޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން، ނަމާދުގެ ރުކުނެއް ކަމުގައިވާ ސަޖިދަ، މަކަރާއި ހީލާތާ ގުޅުވާ "އަދަދު" ނޫހުން ޝާއިރުއު ކުރި ކާޓޫނުގެ މައްސަލައާ ގުޅިގެންނެވެ. 

ވަޒީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މިނިވަންކަމެއްކަމަށާއި އަދި އެއީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ މަތިވެރި ޙައްޤެއްކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ޤާނޫނު އަސާސީގައި ޚިޔާލުފާޅުކުރުގައި ދީފައިވާ މިނިވަންކަމުގެ ރޫޙަކީ ވެސް އެއީކަން ފާހަގަކުރައްވައި ވަޒީރު ވަނީ އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިޢާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމްކުރަންވާނެކަމަށް ވިދާޅުވެފައެވެ. 

"އަދަދު" ނޫހުން އާއްމުކުރި ކޮންޓެންޓަކީ އިސްލާމް ދީނުގެ އަސާސްތަކަށް ފުށުއަރާ ކަންތައްތަކެއް ހުރި ކޮންޓެންޓެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ. 

އެހެންކަމުން މި މައްސަލައާ ގުޅިގެން ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ މުއްދަތެއް އެ ކޮމިޝަނުންވަނީ "އަދަދު" ނޫހަށް ދީފައެވެ.

އެ ކޮންޓެންޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކޮށް، "އަދަދު" ނޫހަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު