ENGLISH

10 އޭޕްރީލު 2025

Advertisement

ދުނިޔޭގެ ތާރިޙުުގައި ހިނގި އެންމެ ނުރައްކާތެރި ގޭސް ލީކުވުމުގެ ހާދިސާއަށް 40 އަހަރު.

07 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ: ޕީޕަލްސް ޑިސްޕެޗް

މީގެ 40 އަހަރު ކުރިން، އިންޑިޔާގެ ސިޓީއެއްކަމައްވާ ބޯޕާލް ވެފައިވަނީ ދުނިޔޭގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ގޭސްލީކުވުމުގެ ހާދިސާ ހިނގާފައިވާ ސަރަހައްދަށެވެ.

ކާރިސާ ހިނގި ކާރުހާނާ މިހާރު ފެންނަން ހުރި ގޮތް- ފޮޓޯ: ދަހިންދޫ

1984 ވަނަ އަހަރުގެ ޑިސެމްބަރ 2 ވަނަ ދުވަހުގެރޭ، އިންޑިޔާގެ ބޯޕާލްގައި ހުންނަ ޔޫނިއަން ކާބައިޑްއޭކިޔުނު ގަސް ހެއްދުމަށް ބޭނުންކުރާ ކެމިކަލް އުފައްދާ ކާރުހާނާގައި ވިހަ ކެމިކަލްއެއް ލީކުވުމުގެ ސަބަބުން، އެތަކެއްހާސް މީހުން މަރުވެ، ބައި މިލިޔަނަށްވުރެ ގިނަ މީހުނަށްވަނީ ކެމިކަލްގެ އަސަރު ކޮއްފައެވެ.

އިންޑިޔާގެ ސަރުކާރުގެ އިދާރާތަކުގެ ރެކޯޑުތަކުން ދައްކާގޮތުން މިހާދިސާގެ ސަބަބުން ފުރަތަމަ ދެތިން ދުވަހުގެ ތެރޭގައި 3500 މީހުންވަނީ މަރުވެފައެވެ. އަދި މިހާދިސާއާ ގުޅިގެން އިތުރު ފަނަރަހާސް މީހުންވަނީ އެއަހަރު ތެރޭގައި މަރުވެފައެވެ. ނަމަވެސް މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުން މައުލޫމާތުދޭގޮތުގައި ސަރުކާރުން  ހާމަކޮއްފައިވާ އަދަދު ތަކަކީ ސައްހަ އަދަދުތަކެއްނޫނެވެ. އެފަރާތްތަކުން މައުލޫމާތު ދޭގޮތުގައި މިހާދިސާގައި ތރީސްހާހަށްވުރެ ގިނަ ގިނަމީހުން ވަނީ ދުނިޔެ ދޫކޮށްގޮސްފައެވެ. އަދި ފަސްލައްކަ  ހަތްދިހަ ހާހައްވުރެ ގިނަމީހުންނަށް ސިއްހީ އެކިއެކި މައްސަލަތައް ދިމާވެފައިވާކަމެވެ. މީގެ ތެރެއިން ލައްކަ އަކަށްވުރެ ގިނަ މީހުންނަށް އެކިކަހަލަ ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހިފައިވެއެވެ.  

މިކާރިސާގައި އެތަކެއް ހާސް މީހުންވަނީ ދާއިމީ ނުކުޅުދުންތެރިކަމާ ކުރިމަތިލާން ޖެހިފަ- ފޮޓޯ: ގެޓީ އިމޭޖްސް

ހާދިސާއަށް 40 އަހަރު ވެފައިވާއިރުވެސް އެކާރުހާނާ ހުރި ހިސާބު ހާދިސާއަށްފަހު ރަނގަޅަށް ސާފުނުކުރުމުގެ ސަބަބުން އަދިވެސް އެސަރަހައްދުގައި އުފަންވާ ކުދިންގެ ގައިން ލީކުވި ކެމިކަލްއާ ގުޅުންހުރި ބަލިތައް މަދުންނަމަވެސް ފެނެއެވެ. މިދިޔަ 40 އަހަރުގެ ތެރޭގައި މިފަދަ ނުކުޅުދެތުންތެރިކަންހުރި އެތައްހާސް ކުދިންނެއް މިސަރަހައްދުގައި ވަނީ އުފަންވެފައެވެ.

މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ އަދިވެސް އޮތް އެންމެ ބޮޑު ޝަކުވާއަކީ، 40 އަހަރު ވެފައިވާއިރު ވެސް، އެތަކެއް ލައްކަ ބައެއްގެ ދިރިއުޅުން އެފުށްމިފުށަށްޖަހާލި މިހާދިސާގެ ޒިންމާނަގަންޖެހޭ ފަރާތްތަކަަށް އެއްވެސް ކަހަލަ އަދަބެއް ނުލިބުމެވެ. އަދި އެފަރާތްތަކުގެ ދިރިއުޅުން އަލުން އާބާދު ކުރުމަށް އެކަށީގެންވާ މާއްދީ ބަދަލެއްވެސް ނުލިބުމެވެ.

ކާރިސާގައި މަރުވި މީހުންގެ ހަނދާނުގައި ކޮއްފައިވާ ބިނާއެއް- ފޮޓޯ: ގެޓީ އިމޭޖްސް

އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޔޫނިއަން ކާބައިޑްއާ ދެކޮޅަށް ގާނޫނީގޮތުން ފިޔަވަޅެއް މިއަދާހަމައަށްވެސް އެޅިފައިނުވާ ސަބަބަކީ، މިދިޔަ 40 އަހަރުގެ ތެރޭގައިވެސް އެމެރިކާގެ އެއްވެސް ސަރުކާރަކުން މިކަމަށް އެއްބާރުލުމެއްދީފައި ނުވާތީއެވެ. ކޮންމެ އަހަރަކުވެސް މިހާދިސާއަށް އަހަރު ފުރޭދުވަހު އެތަކެއް ބަޔަކު މަގުމައްޗައް ނިކުމެ އިންސާފު ހޯދަން އަޑު އުފުލައެވެ.   

ކިޔުންތެރިންގެ ހިޔާލު