ENGLISH

19 ޖެނުއަރީ 2026

Advertisement

ކޮންގުރެސްގެ މާލޭ މޭޔަރު ކެންޑިޑޭޓު މޫސާ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވާދެއްވައިފި

18 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ނައިބުރައީސް ހުޅުވައިދެއްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މެޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ. 

ހެންވޭރު ކާނިވާ ސަރަހައްދު ކައިރީގައި ހުންނަ ދޮންމަނިކު ސްކައި ވީއު ރެސްޓޯރެންޓުގެ ތިރީގައި ގާއިމުކޮށްފައިވާ މިޮ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖަގަހަ ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ. 

މޭޔަރުކަމަށް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕެެއިން ޖަގަހަ ހުޅުވާފައިވާއިރު، ކޮންގުރެސް ޕާޓީން އަންނަނީ މާލެއާއި އެހެނިހެން ސިޓީތަކުގެ އިތުރަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކެމްޕެއިން މަސައްކަތް ފޯރީގައި ކުރިއަށްގެންދަމުންނެވެ. 

އެ ޕާޓީގެ ޓިކެޓުގައި ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެކި މަގާމުތަކަށް ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޑިސެންބަރު މަހު ބޭއްވި ޕްރައިމަރީ ނިންމައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ނިންމާފައިވެއެވެ. 

ކޮންގުރެެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަށަވަރުކޮށްފައިވާއިރު އޭޕްރީލު ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި އިންތިހާބުކުރަންޖެހޭ މަގާމުތަކުގެ 97 އިންސައްތައަށްވުރެ ގިނަ މަގާމަށް އެ ޕާޓީން ކެންޑިޑޭޓުން ނެރެއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ލޯކަލް ކައުންސިލު އިންތިހާބުގައި އެންމެ ގިނަ ދާއިރާއަށް އަދި ގޮނޑިތަކަށް ވާދަކުރާ ފަހަރެވެ. 

އެ ޕާޓީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބުކުރުމަށް އެ ޕާޓީ އޮތީ ފުރިހަމައަށް ތައްޔާރަށެވެ. 

ކިޔުންތެރިންގެ ހިޔާލު