ENGLISH

19 ޖެނުއަރީ 2026

Advertisement

މަސްތުވާތަކެއްޗާއެކު ލ.ގަމުން ދެމީހުން ހައްޔަރުކޮށްފި

18 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން. ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ، އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން، ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން، ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު އެވެ. މި މީހުން އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން ، ތުނޑި / ޖަވާހިރުވިލާ، ޙުސައިން ޢާމިރު (47އ) އާއި ލ. ގަން، ތުނޑި / ރޯސް، އާމިނަތު ނިޢުމާ (43އ) އެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޢާމިރު ފަސް ދުވަހަށް އަދި އާމިނަތު ނިޢުމާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު