ENGLISH

18 ޖެނުއަރީ 2026

Advertisement

ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑާ ގުޅޭގޮތުން ރާއްޖެ ޓީވީން ފެތުރީ ދޮގު ހަބަރެއް: ކައުންސިލް

18 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ނޮޅިވަރަން ކައުންސިލް.

ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު މަޑުޖެހިފައިވާކަމަށް ބުނެ އެ ރަށުގެ ކައުންސިލުން މަޢުލޫމާތު ދީފައިވާ ކަމަށް ރާއްޖެ ޓީވީން ގެނެސްދީފައިވާ ވާހަކަތައް ނޮޅިވަރަމު ކައުންސިލްގެ އިދާރާ އިން ދޮގުކޮށްފިއެވެ.

އެގޮތުން، 08 ޖަނަވަރީ 2026 ވަނަ ދުވަހު ރާއްޖެ އޮންލައިން ނޫހުގައި "ސަރުކާރު ބަދަލުވިފަހުން ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މަޑުޖެހިފައިވާކަން ކައުންސިލުން ހާމަކޮށްފި" މި ސުރުހީގެ ދަށުން ގެނެސްދީފައިވާ ހަބަރަކީ ހދ. ނޮޅިވަރަމު ކައުންސިލްގެ ފަރާތުން ދީފައިވާ ހަބަރެއް ނޫން ކަމަށް އެ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައިވެއެވެ.

ނޮޅިވަރަމު ކައުންސިލްގެ ބަޔާނުގައި ވަނީ، ރާއްޖެ އޮންލައިން ނޫހުން ހަގީގަތާ ހިލާފަށް ގެނެސްދީފައިވާ އެ ހަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި، ހަމައެއާއެކު ހަބަރުތައް ގެނެސްދިނުމުގައި ސައްހަ މައުލޫމާތު ހިއްސާ ކުރެއްވުމަށް އިލްތިމާސްކުރާ ކަމަށް ނޮޅިވަރަމު ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކުޅިވަރުގެ މަޝްރޫޢުތައް ހިމެނެހޭން މިދިޔަ ސަރުކާރު ނިމުނުއިރު ހުއްޓިފައި ހުރި މަޝްރޫޢުތައް މި ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެތެރޭގައި ހިމެނޭ ކުޅިވަރުގެ ބައެއް މަޝްރޫޢުތައް ނިންމައި މިހާރު ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު