ENGLISH
18 ޖެނުއަރީ 2026
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ ނިމިއްޖެ
18 ޖެނުއަރީ 2026
|
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢުގެ ދަށުން، މުޅި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
ރަށް ގިރުމުގެ މަސައްލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ފުނަދޫ އަކީ މީގެ ތެރެއިން އެއް ރަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެރަށުން ބޮޑު ބައެއް ގިރައިގެން ގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ.
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައި، ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ ޖެނުއަރީ 26، 2023 ގައެވެ.
މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.