ENGLISH
18 ޖެނުއަރީ 2026
ދަނގެތީ ބަނދަރުގެ ޓީ-ޖެޓީ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ
18 ޖެނުއަރީ 2026
|
ދަނގެތީ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އދ. ދަނގެތި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، ޓީ-ޖެޓީ ސަރަހައްދުގެ ބެއިސިން ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ، މީގެ އިތުރުން ކުއޭ ވޯލް ބްލޮކް ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.
ދަނގެތީ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން މަގު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެ އެވެ.
ދަނގެތީ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
ދަނގެތީ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ 2024 ވަނަ އަހަރު ސެޕްޓެމްބަރު މަހު، 71.16 މިލިއަން ރުފިޔާއަށެވެ.