ENGLISH
18 ޖެނުއަރީ 2026
ތެރަޕީގެ ފަރުވާތަކަށް ޑިސެންބަރު މަހު 7.5 މިލިއަން ރުފިޔާ ހަރަދުކުރި
18 ޖެނުއަރީ 2026
|
ތެރަޕީގެ ފަރުވާތަކަށް މިދިޔަ މަހު 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައި//
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ފަރުވާތަކަށް ހުސްވި ޑިސެންބަރު މަހު 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޑިސެންބަރު މަހު 231 މީހުންނަށް ތެރަޕީގެ ސަރުކާރުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 159 ފިރިހެނުންނާއި 72 އަންހެނުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް ތެރަޕީ ނަގާފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. މި އުމުރުފުރާގެ 221 ކުދިންނަށް އެކި ކަހަލަ ތެރަޕީތައް ދީފަވާއިރު، އެއީ 156 ފިރިހެން ކުދިންނާއި 65 އަންހެން ކުދިންނެވެ.
އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 10 މީހަކަށް ތެރަޕީ ނެގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖުމުލަ 7.5 މިލިއަން ހަރަދު ކޮށްފައިވެއެވެ. ވަކިވަކި ތެރަޕީތަކަށް ބަލާއިރު، ހުސްވި މަހު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިހޭވިއަރ ތެރަޕީއަށެވެ.
އޮކިއުޕޭޝަނަލް ތެރަޕީ: 2.2 މިލިޔަން ރުފިޔާ
ބިހޭވިއަރަލް ތެރަޕީ:2.1 މިލިޔަން ރުފިޔާ
ސްޕީޗް ތެރަޕީ: 1.8 މިލިޔަން ރުފިޔާ
އެޑިއުކޭޝަނަލް ތެރަޕީ: 1.1 މިލިޔަން ރުފިޔާ
ސައިކޯ ތެރަޕީ: 244،650 ރުފިޔާ
އަރލީ އިންޓަވެންޝަން: 76،700 ރުފިޔާ
ފިޒިއޯތެރަޕީ: 79،210 ރުފިޔާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ފަރުވާތަކަށް ހުސްވި ޑިސެންބަރު މަހު 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު ސަރުކާރުން އަންނަނީ އޮކިއުޕޭޝަނަލް އަދި ސްޕީޗް ތެރަޕީގެ ހިދުމަތް އަތޮޅު ހޮސްޕިޓަލްތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި ތެރަޕީގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ދުޅަހެޔޮކަން އިސްކޮށް، ރައްކާތެރި، ނަތީޖާ ނެރުވަނިވި ގޮތަކަށް ތެރަޕީ ޚިދުމަތުގެ އެންމެހާ ކަންކަން ބައްޓަންކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.