ENGLISH

18 ޖެނުއަރީ 2026

Advertisement

ހުމާއި އަރިދަފުސް ރޯގާ އަށް ހާއްސަ ފުލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމް ކޮއްފި

18 ޖެނުއަރީ 2026

|

ފާތުމަތު އަދާ

އައިޖީއެމް ހޮސްޕިޓަލް. ފޮޓޯ: ވޮއިސް

ހުމާއި އަރިދަފުސް ރޯގާ އަށް ހާއްސަ ފުލޫ ކްލިނިކެއް އައިޖީއެމްއެޗުން ގާއިމުކޮށްފިއެވެ. 

އައިޖީއެމްއެޗް އިން މީސްމީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނީ، ފްލޫ ކްލިނިކްގެ ޚިދުމަތް މިހާރު ލިބޭނެ ކަމަށެވެ. 

ކްލިނިކްގައި ބަލި މީހުންނަށް ހިދުމަތްދޭނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން  ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.

އައިޖީއެމްއެޗްއިން ބުނީ ފުލޫ ކްލިނިކިން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތައް އެންމެ ފުރަތަމަ އަންނާނީ އިމަޖެންސީ ޓްރައިޖަށް ކަމަށެވެ. އަދި ކިއުބީ ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކަށް ނަންބަރު ނެގުމަށްފަހު، ޓްރިއާޖް ނަރުހުގެ އިރުޝާދާ އެއްގޮތަށް ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ. 

ކޮންމެ އަހަރަކު ވެސް ބޮޑު ޗުއްޓީގައި ހުމާއި ރޯގާގެ ކޭސްތައް ގިނަވެއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ހުމާއި ރޯގާގެ ކޭސްތައް ވަނީ ގިނަވެފައެވެ. 

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު މަހު ރޯގާ ޖެހިގެން 28،619 ކޭސް ވަނީ ރިޕޯޓްވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު