ENGLISH

18 ޖެނުއަރީ 2026

Advertisement

ނާށި ބޭނުންކޮށްގެން، އަތްތެރި މަސައްކަތް ދަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތެއް!

18 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތް ދަސްކޮށްދިނުމަށް ހިންގާ ވޯކްޝޮޕްގެ ތެރެއިން-- ޒުވާނުންގެ ވުޒާރާ

ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސަކޮށްދިނުމަށް ޚާއްސަ ވޯކްޝޮޕެއް ފަށައިގެން ކުރިއަށްދާކަމަށް ޒުވާނުން ބާރުވެރިކުރުމާއި ފަންނާއިބެހޭ ވުޒާރާއިން ބުނެފި އެވެ.

މި ވޯކްޝޮޕްގައި ނާށި ބޭނުންކޮށްގެން، ތަފާތު ސަގާފީ އަދި ޒަމާނީ ފަރުމާތައް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތް ދަސްކޮށްދިނުމަށް ހިންގާ ވޯކްޝޮޕްގެ ތެރެއިން-- ޒުވާނުންގެ ވުޒާރާ

ވުޒާރާއިން ބުނީ، މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. މި ވޯކްޝޮޕްގައި 15 ޒުވާނުން ބައިވެރިވެފައިވާ ކަމަށާއި، އަދި ވޯކްޝޮޕްގެ ކްލާސްތައް ކުރިއަށް ގެންދަނީ  ޔޫތު ހަބުގައި ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ހިންގާ ހަރަކާތެކެވެ.

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތް ދަސްކޮށްދިނުމަށް ހިންގާ ވޯކްޝޮޕްގެ ތެރެއިން-- ޒުވާނުންގެ ވުޒާރާ

ޒުވާނުންނަށް ތަނަވަސްކޮށްދޭ ފުރުޞަތުތައް ޔޫތު ހަބާއެކު އެކު އެ ވުޒާރާއިން ވަނީ އިތުރުކޮށްފަ އެވެ. އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭ ގޮތަށް ހުޅުވި ޔޫތު ހަބު ހުޅުވިފަހުން ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ހަފްތާ ބަންދުގައި ޔޫތު ހަބުގައި ވަނީ ދިވެހި ފިލްމް ހިލޭ ބަލާލުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

ޒުވާނުންގެ ވުޒާރާއިން ބުނީ އެ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ބޭނުމަކީ، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ޒުވާނުންގެ ހުނަރު ތަރައްޤީކޮށް މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށް ޒުވާނުން ހެދުމެވެ. 

ކިޔުންތެރިންގެ ހިޔާލު