ENGLISH

18 ޖެނުއަރީ 2026

Advertisement

ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހެދުން: ރަޝިޔާ މީހާ ނޫންކަން ޔަގީން ކުރެވިއްޖެ

15 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ އިދާރާ

ރ. ކިނޮޅަހު ބޭރުން ޖެނުއަރީ ހަތަރު ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އެހެން ކަމުން އެއީ ކާކުކަން ދެނެގަނެވޭ ގޮތް ނުވި އެވެ. ފުލުހުން ވަނީ އެ ހަށިގަނޑުގެ ޑީއެންއޭ ހަދާފަ އެވެ. 

ފުލުހުން މިރޭ ބުނީ ރ. ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން ޑިސެމްބަރު 21 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ވަނީ ޔަގީންކުރެވިފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު