ENGLISH

12 ޖެނުއަރީ 2026

Advertisement

ރާއްޖެ ސުޕަ ލީގު 2026: ފައިނަލުގައި ލ. އަތޮޅަށް ނިސްބަތްވާ ގަމާއި މާބައިދޫގެ ކުރިމަތިލުމެއް

12 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ފުނަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮއިންޓެއް ހޯދުމަށްފަހު މާބައިދޫ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ވީއޭއެމް

މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ލ. އަތޮޅަށް ނިސްބަތްވާ ގަމާއި މާބައިދޫ ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސެމީ ފައިނަލަށް ދަތުރުކުރި ށ. ފުނަދޫ އަތުން މާބައިދޫ މޮޅުވިއިރު، ގަމުން ވަނީ ކ. ހުރާ ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހުރާ އަތުން ގަން މޮޅުވީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 26-24 އިން ގަމުން ގެންގޮސްފައިވަނިކޮށް، ހުރާ ޓީމުން ވަނީ ދެންޖެހިގެންއައި ސެޓު 25-11 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ގަމުން ވަނީ ދެން ކުޅެވުނު ދެ ސެޓުގައި 25-18، އާއި 25-16އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަން ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، މިންކްވާން މިސް ވިޕާޑާ އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީގައި ފުނަދޫ އަތުން މާބައިދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް މާބައިދޫން ގެންދިޔައީ، 25-14، 25-19، އާއި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ ޖޫޒާން ޒަރީރު އެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ހުރާ ނިކުންނާނީ ފުނަދޫއާ ދެކޮޅަށެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގަމާއި މާބައިދޫ އެވެ.

ކިޔުންތެރިންގެ ހިޔާލު