ENGLISH
11 ޖެނުއަރީ 2026
ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތައް އިތުރުވެއްޖެ
11 ޖެނުއަރީ 2026
|
ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށެހެޅުން މައްސަލަތަކާއި ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސިވިލް ކޯޓަށް 2025 ވަނަ އަހަރު 5680 ޖުމްލަ މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ 2024 ވަނަ އަހަރު ހުށެހެޅި 5142 މައްސަލައާ އަޅާބަލާއިރު 10.46 އިންސައްތަ އިތުރުވުމެކެވެ.
ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ބޮޑު ތަނުން އިތުރު ވެފައިވާއިރު 2025 ވަނަ އަހަރު 6718 މައްސަލަ ނިންމާފައިވެއެވެ. ނަމަވެސް 2024 ވަނަ އަހަރު ނިންމައިފައި ވަނީ 5432 މައްސަލައެވެ. މިއީ 23.68 އިންސައްތައިގެ ކުރިއެރުމެކެވެ.
އާއިލީ މައްސަލަތައް ފިޔަވައި އެހެނިހެން ހުރިހާ މަދަނީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މި ކޯޓުގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން އެޕްރީލް 13، 2016 ގައި ހުޅުމާލޭގައި ވެސް މި ކޯޓުގެ ޑިވިޜަނެއް ވަނީ ގާއިމުކޮށްފައެވެ.