ENGLISH

21 މާރިޗު 2026

Advertisement

މާމިގިލީގައި ތާރުއަޅަންފެށީ އިއްޔެ، 300 މީޓަރުގައި މިހާރު ތާރު އަޅައިފި

07 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ތާރު އަޅަނީ: ފޮޓޯ/ އާރުޑީސީ

އދ މާމިގިލީގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިއްޔެ ފަށައިފި އެވެ.

އެކުންފުނިން ބުނީ މާމިގިލީގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންދާކަމަށެވެ. އެގޮތުން އެ މަޝްރޫޢުގެ ތެރެއިން އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ، އިއްޔެކަމަށާއި މިހާރު 300 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާ ނިންމާލެވިފައިވާކަމަށެވެ.

އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ތާރު އަޅަނީ: ފޮޓޯ/ އާރުޑީސީ

މީގެ ކުރިން އާރުޑީސީ އިން ރާއްޖޭގެ އެކި ރަށްތަކުގައި ފަށައިގެން ކުރިޔަސް ގެންދާ މަޝްރޫޢުތައް ދިގުލައިގޮސްފައި ވީނަމަވެސް ރައީސުލް ޖުމްހޫރިއްޔާގެ ހަރުދަނާ ސިޔާސަތުގެ ދަށުން ކުންފުނިތަކުގެ މަސައްކަތްތައް ވަނީ ހަލުވިވެ ކުރިއަރާފައެވެ. އެގޮތުން ވޭތުވެދިޔަ ސަރުކާރުގައި އާރުޑީސީ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާ ދޯހަޅި ކަމުގެ ސަަބުން  ރައްޔިތުންގެ މެދުގައި، އެ ކުންފުންޏާއި މެދު އޮންނަ އިތުބާރު ވަނީ ފަޑުވެފައެވެ. އެހެންނަމަވެސް  މިސަރުކާރު ވެރިކަމަށް އައިސް އޭރު ހުއްޓި ފަހަތުފަޔަށް ބުރަވެފައި  ހުރި މަގު ހެނދުމުގެ މަޝްރޫޢުތައް  ހަލުވި ސްޕީޑްގައި ވަނީ ނިންމާލާފައެވެ. އަދި ރައްޔިތުންގެ މެދުގައި އެ ކުންފުންޏަށް އޮންނަ އިތުބާރު ވަނީ ބޮޑުވާން ފަށާފައެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުތައް ތަރައްގި ކުރުމުގެ މަސައްކަތްތައް އާރުޑީސީ އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު