ENGLISH

09 ޖެނުއަރީ 2026

Advertisement

ހޯމަ ދުވަހު އެކަނިވެސް 1.3 މިލިއަން މަސްވެރިންނަށް ޖަމާކޮށްދީފި

07 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

މި ހަފްތާގެ ހޯމަ ދުވަހު މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ސަރުކާރުން އަންނަނީ މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދޫކުރަމުންނެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ވަނީ މި ހަފްތާގެ ހޯމަ ދުވަހު 42 ދޯންޏަކުން ކިރުވި މަހަށް 1،389،941.91 (އެއް މިލިއަން ތޭރަލައްކަ އައްޑިހަ ނުވަހާސް ނުވަސަތޭކަ ސާޅީސް އެއް ރުފިޔާ ނުވަދިހަ އެއް ލާރި) ޖަމާކޮށްދީފައެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވަކީ މަސްވެރިންނަށް ކިރުވާ މަހަށް ފައިސާ ނުލިބޭ މައްސަލައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ.

 އެ ފައިސާ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ވަނީ މަސްވެރިންނަށް  ދޫކޮށް ނިންމަވައިފައެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު، 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ވަނީ ހަމަޖައްސަވައި ދެއްވައިފައެވެ.

ރައީސްގެ މި ނިންމެވުމާ އެކު މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރުވެ، މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުން ނެވެ. އަދި މަސްވެރިން މަސް ކިރުވާ މިންވަރުވެސް ވަނީ ނިސްބަތުން އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު