ENGLISH

08 ޖެނުއަރީ 2026

Advertisement

ސިވިލް ސަރވިސް މުވައްޒަފުން ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ޗުއްޓީ ނެގޭނެ އާ އުޞޫލެއް ކަނޑައަޅައިފި

07 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ސިވިލް ސަރވިސް މުވައްޒަފުން ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ޗުއްޓީ ނެގޭނެ އުޞޫލެއް ކަނޑައަޅައި ސާކިއުލަރ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ނެރެފިއެވެ. 

މީގެކުރިން އެގޮތަށް ޗުއްޓީއަށް އެދެން ޖެހެނީ އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީސް މެދުވެރިކޮށެވެ. އެގޮތަށް އޮތުމުން ފޯމު ހުށަހަޅާތާ ގިނަ ދުވަސްތަކެއް ވާއިރު ވެސް ގޮތެއް ހަމަނުޖެހި ދިގުލައިގެންދެއެވެ. އެފަދަ ހާލަތްތަކުގައި ޗުއްޓީ ދިނުން ލަސްވާތީ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރެ އެވެ. އެގޮތުން، ކުއްލި ޙާލަތްތަކުގައި ޗުއްޓީ ހަމަޖައްސަން ބޭނުންވާއިރު ލަސްވާ މައްސަލަ ވެސް ބޮޑެވެ. 

ސީއެސްސީން އެމައްސަލަ ހުށަހަޅަން ކަނޑައެޅި އުޞޫލުގެ ދަށުން، ޗުއްޓީއަށް އެދޭ މުވައްޒަފު މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހެޅޭނެއެވެ. ސީއެސްސީން ބުނީ މިގޮތަށް ބަދަލުކުރުމުން މަރުޙަލާތައް އަވަސްވާނެ ކަމަށެވެ. 

އާ އުޞޫލުގައި ބުނެފައިވަނީ ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ޗުއްޓީ ނެގުމަށް އެދި ޗުއްޓީ ފަށަން ބޭނުންވާ ތާރީޚުން ފެށިގެން 15 ދުވަސް ކުރިން އެދެންޖެހޭނެ ކަމަށެވެ. 

ޗުއްޓީއަށް އެދި ހުށަހަޅާއިރު ގުޅުންހުރި ލިޔުންތައް ފޮނުވަން ސީއެސްސީން ވަނީ އެދިފައެވެ. 

ސިވިލް ސަރވިސްގައި ގާތްގަނޑަކަށް 26،000 މުވައްޒަފުން ތިބެ އެވެ. 

ކިޔުންތެރިންގެ ހިޔާލު