ENGLISH
08 ޖެނުއަރީ 2026
ދިވެހި ދެ ޢުމްރާވެރިއަކު ނިޔާވެއްޖެ
07 ޖެނުއަރީ 2026
|
ޢުމްރާގެ އަޅުކަމުގައި --
ޢުމްެރާގެ އަޅުކަމަށް ދިޔަ ދިވެހީންގެ ތެރެއިން ދެ ދިވެއްސަކު ނިޔާވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.
މި އަހަރުގެ ބޮޑު ބަންދާއި ދިމާކޮށް ރެކޯޑް އަދަދަކަށް ދިވެހީން ވަނީ ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް ގޮސްފަ އެވެ. ބައެއް ޢުމްރާވެރީންނަށް ސިއްހީ މައްސަލަތައް ކުރިމަތިވެ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.
އޭގެ ތެރެއިން ދެ ޢުމްރާވެރިއަކު ވަނީ ނިޔާވެފަ އެެވެ. އެ ދެ މީހުންގެ ޖަނާޒާގެ ކަންތައްތައްވެސް ވަނީ ފުރިހަމަ ކޮށްފަ އެވެ. ނިޔާވީ ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން ޢުމްރާގެ އަޅުކަމަށް ދިޔަ ދެ މީހެކެވެ. އެއީ ދެ ފިރިހެނުންނެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ މ. ސާނިޔާ, އިބްރާހިމް ރަޝީދު (ވައިކަރަދޫ ރަޝީދު) އެވެ. އޭނާ އަކީ ވަރަށް މޮޅު އޮޑިޓަރެކެވެ. ރަޝީދު ނިޔާވީ ތިންވަނަ އުމްރާއެއް އަދާކުރަން އިހްރާމްގައި ހުއްޓާ ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށެވެ.
ދެން ނިޔާވީ މ. ސައްކެޔޮމާގެ މުޙައްމަދު އިމްތިޔާޒް (އިންތި) އެވެ. އޭނާ ނިޔާވީ އުމްރާގެ އަޅުކަމަށް ފަހު ހާޓްއެޓޭކެއް ޖެހިގެންނެވެ.