ENGLISH

09 ޖެނުއަރީ 2026

Advertisement

އަހަރުގެ 3 ވަނަ ދުވަހު ކިރުވި މަހަށް 2.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

05 ޖެނުއަރީ 2026

|

އައިޝަތު ޝާލީން

ފޮޓޯ: ޕީއެސްއެމް ނިއުސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް މި މަހުގެ 3 ވަނަ ދުވަހު ކިރުވި މަހަށް 2.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. 

މިފްކޯއިން ގެންދަނީ އެކުންފުންޏަށް ކިރާ މަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރަމުންނެވެ. އަދި ކޮންމެ ދުވަހަކު ކިރާ މަހަށް ދޫކުރާ ފައިސާގެ ތަފްސީލުތައް ހާމަކުރަމުންނެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިމަހުގެ 3 ވަނަ ދުވަހު 45 ދޯންޏަކުން ވަނީ މަސް ކިރާފައެވެ. މި ދޯނިތަކުން ކިރުވި މަހަށް ޖުމްލަ 2،179،020.51 (ދެ މިލިއަން އެއްލައްކަ ހަތްދިހަ ނުވަހާސް ވިހި ރުފިޔާ ފަންސާސް އެއްލާރި) ވަނީ ދޫކޮށްފައެވެ. މިފްކޯއިން ބުނީ މިއަދު މި ފައިސާ މަސްވެރިންނަށް ޖަމާކޮށްފައިވާކަމަށެވެ. 

މިމަހުގެ 1 ވަނަ ދުވަހު އެކުންފުންޏަށް ކިރުވި މަހަށް މިފްކޯއިން ވަނީ 1،508،161.16 (އެއް މިލިއަން ފަސްލައްކަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ސޯޅަ ލާރި) ދޫކޮށްފައެވެ. މިއީ 25 ދޯންޏަކުން ކިރުވި މަހަށް މިމަހުގެ 3 ވަނަ ދުވަހު ދޫކުރި ފައިސާއެވެ. 

މިއާއެކު އަހަރުގެ މިހާތަނަށް އެކުންފުންޏަށް މަސްވެރިން ކިރުވި މަހަށް ދޫކުރި ފައިސާގެ އަދަދު ވަނީ 3،687،181.67 (ތިން މިލިއަން ހަލައްކަ އަށްޑިހަ ހަތްހާސް އެއްސަތޭކަ އަށްޑިހަ އެއްރުފިޔާ ފަސްދޮޅަސް ހަތްލާރި) އަށް އަރާފައެވެ. 

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މަސްވެރިކަމަށް އަދި މަސްވެރިންނަށް ވެސް ކުރިއެރުމެއް ގެނުވި ނިންމެވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު