ENGLISH

04 ޖެނުއަރީ 2026

Advertisement

އެންމެ ލަސްވެގެން މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: އެމްޑީ ހަމްދާން

03 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު،

އެންމެ ލަސްވެގެން މިހިނގާ ޖަނަވަރީމަހުގެ 25 ގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ 4،000 ހައުސިން ޔުނިޓްތަކުގެ ތަޅުދަނޑިތައް ހަވާލުކޮށް ނިމެނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަމްދާން ވިދާޅުވީ 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް މިހާރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށެވެ. ފްލެޓް ލިބުނު ގިނަ ފަރާތްތަކެއް މިވަގުތު މާލެއިން ބޭރުގައި އުޅުއްވާތީ، މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ފަރާތްތަކުން ވަނީ އެދިފައިކަމަށް ހަމްދާން ވިދާޅުވިއެވެ.

ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ތާވަލުކޮށް މެސެޖު ލިބިފައިވާ މީހުންނަށް، ތާވަލުކޮށްފައިވާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ބޭނުންވާނަމަ އެ ޔުނިޓެއްގެ ވެރިފަރާތުގެ އީމެއިލުން ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު އެފްޑީސީއަށް މެއިލްކޮށްލުމުން ޔުނިޓު ހަވާލުކުރުން އެހެން ދުވަހަކަށް ތާވަލުކުރެވިގެންދާނެކަމަށް ހަމްދާން ވިދާޅުވިއެވެ. ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށްކަމަށް ހަމްދާން ވިދާޅުވިއެވެ.

"މަސައްކަތް ކުރަމުން މިދަނީ ޖަނަވަރީ 2 ވަނަ ހަފްތާއަށް، ކަނޑައެޅިފައިވާ ތާރީހަށްވުރެ ކުރިން ނިންމާލުމަށް. ރައްޔިތުންނަށް މި ދޭ ޔަގީންކަމަކީ އެންމެ ލަސްވެގެން ޖަނަވަރީ 25 ގެ ކުރިން ހުރިހާ ފްލެޓްތަކެއްގެ ތަޅުދަނޑިތައް ހަވާލުކޮށް ނިމޭނެއޭ " - ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް

4000 ފްލްޓް ނިންމުމަށް އެމްޑީޕީ ސަރުކާރުގައި ނެގި ބޮޑު ލޯނާއެކުގައިވެސް އެ ސަރުކާރު ނިމިގެންދިޔައިރު  އެ މަޝްރޫއުން ނިމިފައި އޮތީ އެންމެ 32 އިންސައްތަ މަސައްކަތެވެ. އައު ސަރުކާރު ވެރިކަމާ ހަވާލުވެ މަޝްރޫއުގެ ބާކީ 68 އިންސައްތަ މަސައްކަތް ނިންމައި މިހާރުކުރިއަށްދަނީ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތަކެވެ.         

މަސައްކަތުގެ ތެރެއިން އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކޮށް ނިންމާލީވެސް އަދުގެ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު