ENGLISH

01 ޖެނުއަރީ 2026

Advertisement

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި

31 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި އެވެ.

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތް ވުމަކީ އެ އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން މިރޭ ބުނީ ފުނަދޫ އެއަރޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމި ފުރަތަމަ ދަތުރު މިރޭ ކޮށްފައިވާ ކަމަށެވެ. 

ފުނަދޫ އެއަރޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށާފައިވާއިރު އެ އެއަރޕޯޓަކީ ގިނަ ދަތުރުތަކެއް ކުރާ އެއަރޕޯޓެއްކަން އެމްއޭސީއެލް އިން ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މޯލްޑިވިއަން އިން ދަނީ ފުނަދޫއަށް ދަތުރުކުރަމުންނެވެ.

ފުނަދޫ އެއާޕޯޓް އެމްޓީސީސީން ތަރައްޤީކޮށްފައި ވަނީ ފަޅުން 40 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި އެއާޕޯޓްގައި ދިގުމިނުގައި 1200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭއެއް ވަނީ ތަރައްޤީކޮށްފައެވެ. އަދި 90 މީޓަރުގެ ޓެކްސީ ވޭއަކާއި 50 މީޓަރުގެ އޭޕްރަން އެއްވެސް މި އެއާޕޯޓްގައި ވަނީ ހަދާފަ އެވެ.

ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު