ENGLISH

01 ޖެނުއަރީ 2026

Advertisement

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން ފަހި ގޮތްތަކެއް ހަމަޖައްސައިދެނީ

31 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި ރައީސް ބައްދަލު ކުރެއްވުން --

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށްވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ދަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.

އެ މިނިސްޓްރީން މިރޭ ބުނީ މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށްވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިޢުލާންކޮށްގެން ކުރިއަށް ގެންދާބީލަންތަކުގެ ތެރެއިން، ޖުމުލަ އަގުގެ ގޮތުން ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

މި ބަދަލު ގެނައުމަށް މަޝްވަރާ ކުރަންޖެހޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމާއި، ޤާނޫނާއި ގަވާއިދު އަދި އުސޫލުތަކަށްގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެވިޔަފާރިތަކަށް ދައުލަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި،ޕްރޮކިއުމަންޓުގެ މަރުހަލާތައް މިހާރަށްވުރެ ލުއި ފަސޭހަކޮށްދިނުމާއި ދައުލަތުގެޕްރޮކިއުމަންޓުގެ ނިޒާމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެ ގޮތަށް އެ ނިޒާމު ބައްޓަންކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށާ ހަމަމިއާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހާއްސައިސްކަމެއްދީގެން ކުރެވޭ ކަންތައްތަކުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ފަސޭހަގޮތެއް މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ހޯދައި، އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ވީ އެންމެ އަވަހަށް މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު