ENGLISH

31 ޑިސެމްބަރު 2025

Advertisement

ޓާކިޝް އެއާލައިނަށް ވީއައިއޭގެ އައު ޓާމިނަލުން ހިދުމަތް ދޭން ފަށައި 41 އެއާލައިނެއް ޓާމިނަލް އެކަކަށް

31 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވީއައިއޭގެ އައު ޓާމިނަލު ބޭނުންކުރި ޓާކިޝް އެއާލައިންގެ ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ، ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން ޓާކިޝް އެއާލައިނަށް ހިދުމަތް ދޭން ފަށައި އައު ޓާމިނަލަށް 41 އެއާލައިނެއްގެ ހިދުމަތް ބަދަލުކޮށްފިއެވެ. 

މިއަދު އެމްއޭސީއެލްއިން ބުނެފައިވަނީ ޓާކިޝް އެއާލައިނަށް ވީއައިއޭގެ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށާއި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްެ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދު ކަމަށެވެ. 

މި ރަސްމިއްޔާތުގައި ޓާކިޝް އެއާލައިންގެ ރާއްޖޭގެ ސްޓޭޝަން މެނޭޖަރު އެލިފް އޮޒްޓުރުކް މިނާކްއާއި އެމްއޭސީއެލްގެ އިސްވެރިންނާއި މަސްއޫލުވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

ޓާކިޝް އެއާލައިނަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމުގެ ގޮތުން އެ ޓާމިނަލުގައި ހުންނަ އެ އެއާލައިނުގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، މިއަދު ވީއައިއޭއިން ފުރި އެ އެއާލައިންގެ 227 ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ އިތުރަށް ހާއްސަ ހަދިޔާއެއް ދީފައިވެއެވެ. 

އަދި ޓާމިނަލްއާ ގާތްކުރި ޓާކިޝް އެއާލައިނުގެ ފުރަތަމަ މަތިންދާބޯޓޫ ކަމުގައިވާ ޓީކޭ734 އިން ރާއްޖެއަށް އައި 384 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައިވެއެވެ. 

ނޮވެންބަރު 25، 2012 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުކުރަމުންދާ ޓާކިޝް އެއާލައިންއަށް ޓާމިނަލުން އެކަކުން ހިދުމަތް ދޭން ފެށުމާއެކު މިހާރު ޖުމްލަ 41 އެއާލައިނަކަށް އައު ޓާމިނަލުން އަންނަނީ ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ވީއައިއޭއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ ޒަމާނީ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެެ. 

ކިޔުންތެރިންގެ ހިޔާލު