ENGLISH

31 ޑިސެމްބަރު 2025

Advertisement

ވައުދުފުޅު ފުއްދަވައި ތެލެސީމިއާ ބަލިމީހުންނަށް އުފާވެރިކަން؛ ޖަނަވަރީ އެކަކުން ފެށިގެން 2،000 ރުފިޔާގެ އެލަވެންސެއް

31 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އޮރެންޖު ހިޔާގެ ތެލެސީމިޔާ ސެންޓަރު

ތެލެސީމިޔާ ބައްޔަކީ ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ދުނިޔޭގެ ނިސްބަތުން ނާދިރު ބައްޔެކެވެ. އެ ސަބަބަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ތެލެސީމިޔާ ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދީ އަޅައިލުމާއި އެހީތެރިކަން ދިނުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން އަންނަނީ ދެމުންނެވެ. 

އެގޮތުން އޮކްޓޯބަރު 21، 2025 ވަނަ ދުވަހު ލ.ގަމުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ތެލެސީމިޔާ ބަލި ތަހައްމަލުކުރާ މީހުންނަށް ދައުލަތުން އިނާޔަތެއް ދިނުމަށް ނިންމަވައި، އެކަމަށް ބޭނުންވާ ފައިސާ 2026 ވަަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަން އިއުލާނުކުރައްވާފައެވެ. 

މިއަދު އޮތް ހާއްސަ ހަފުލާއެއްގައި އަންނަ އަހަރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އަލަށް ތައާރަފުކުރާ ބައެއް ޕްރޮގުރާމުތައް އިފުތިތާހުކުރައްވާފައިވާއިރު، އޭގެ ތެރެއިން އެއް ޕްރޮގުރާމުގެ ގޮތުގައި އިފުތިތާހުކޮށްފައިވަނީ ތެލެސީމިޔާ ބަލިމީހުންނަށް ކޮންމެ މަހަކު އިނާޔަތެއް ދިނުމެވެ. 

އެންސްޕާއިން 2026 ވަަނަ އަހަރު އަލަށް ފަށާ ޕްރޮގުރާމުތައް އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އޭނާ އިފުތިތާހުކޮށްދެއްވި މުހިއްމު ތިން ޕްރޮގުރާމުގެ ތެރޭގައި ތެލެސީމިޔާ ބަލިމީހުންނަށް މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދޭން ފެށުން ހިމެނެއެވެ. 

މި ޕްރޮގުރާމަކީ 1 ޖަނަވަރީ 2026 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރާނެ ސިޔާސަތެކެވެ. އަދި މިއީ ތެލެސީމިޔާ ބަލިމީހުންނަށް ދައުލަތުން އިނާޔަތެއް ދޭ ފުރަތަމަ ފަހަރެވެ. 

ތެލެސީމިޔާ ބަލިމީހުންނަށް މި ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން މާލޭގައި ހުރި ތެލެސީމިޔާ ސެންޓަރު ވީރާނާވުމާ ގުޅިގެން ހުޅުމާލޭ އޮރެންޖް ބިލްޑިންގައި ތެލެސީމިޔާ ސެންޓަރު ތަރައްގީކޮށް އެތަނުގެ ހިދުމަތް ފަށާފައިވެއެވެ. އަދި މެދުކެނޑިފައި އޮތް ބޯންމެރޯ ހެދުމުގެ ޕްރޮގުރާމު އަލުން ފަށައި ގިނަ އަދަދެއްގެ ތެލެސީމިޔާ ބަލިމީހުންނަށް ބޯންމެރޯ ހަދައިދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު