ENGLISH

31 ޑިސެމްބަރު 2025

Advertisement

ޓައުންޝިޕް މަޝްރޫއާއެކު ރާއްޖެއަކީ ބޮޑެތި އިންވެސްޓުމެންޓަށް މަގުބޫލު މަންޒިލަކަށް ވާނެ: އިކޮނޮމިކް މިނިސްޓްރީ

31 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ނ.އަތޮޅުގެ ޓައުންޝިޕް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއާއެކު ދިވެހިރާއްޖެއަށް އިތުބާރުހުރި ބޮޑެތި އިންވެސްޓުމެންޓު ލިބުމަށް މަަގުފަހިވާނެ ކަމުގައި އިންވެސްޓުމެންޓު ބޯޑުން ބުނެފިއެވެ. 

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓުމެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއީޒެޑް ގާނޫނުގެ ދަށުން  އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއު ތަންފީޒުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއކުރެވިފައިވާ ކަމަށެވެ. 

ޑިސެންބަރު 9، 2025 ވަނަ ދުވަހު އެ މަޝްރޫއު ތަންފީޒުކުރަން ދިން ހުއްދައިގެ މައްޗަށް ބިނާކޮށް މަޝްރޫއު ކުރިއަށްގެންދާނެ ގޮތުގެ އޮނިގަނޑު ނިމި ގާނޫނީ ހައިސިއްޔަތު އެ އޮނިގަނޑަށް ލިބިފައިވާ ކަމަަށެވެ. އަދި އެ އޮނިގަނޑުގެ ތެރެއިން އެސްއީޒެޑް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމުގެ ކޮންޓްރެކްޗުއަލް އަސާސްތައް ތަރުތީބުކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

790 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދުވާ މި މަޝްރޫއަކީ އެސްއީޒެޑް އޮނިގަނޑުގެ ތެރެއިން ހާސިލުކުރެވުނު ތަރައްގީގެ މުހިއްމު މަގުފާހަގައެއްގެ ގޮތުގައި ފާހަގަކުރަމުން ބޯޑް އޮފް އިންވެސްޓްމެންޓްސްއިން ބުނެފައިވަނީ މިއީ އިގުތިސާދު އިސްލާހުކޮށް ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހާސިލުކުރުމުގެ ރާސްތާގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

އަދި މި މަޝްރޫއަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ 2040 ތަސައްވުރާ އެއްކީލަކޮށް ކުރިއަަށްގެންދާ މަޝްރޫއެއް ކަމަށާއި، އެ ތަސައްވުރުގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނެވި ތަރައްގީއާއި ދުރުރާސްތާ އިގުތިސާދީ ވިލުންތެރިކަމާއި، ކުރިމަގަށް ބޮޑަށް އަމާޒުކުރެވިފައިވާ އަގު ހުރި ދާއިރާތަކެއް ބިނާކުރުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި ޓައުންޝިޕް މޮޑެލްއަކީ ރާއްޖޭގެ ތަރައްގީގައި ހިންގާ އިންޓަގްރޭޓެޑް މަޝްރޫއުތަކެއްގެ އައު ޖީލެއްގެ ފެށުންކަމަށާއި، އެއީ ލޯންގް ސްޓޭ އިކޮނޮމިކް ހަރަކާތްތއް އުފައްދައި ބައިނަލްއަގުވާމީ އިންވެސްޓުމެންޓު ގެނެސް، ހުނަރުވެރި މަސައްކަތްތެރިން އެކި ދާއިރާތަަކުން އުފެއްދުމަށް އަމާޒުކުރާ މަޝްރޫއެއް ކަމުގައި އެ ބަޔާނުގައި ސިފަކޮށްފައިވެއެވެ. 

އަދި އެސްއީޒެޑް އޮނިގަނޑުގެ ތެރެއިން ރާއްޖެއަކީ އިތުބާރާއެކު އޮނިގަނޑެއްގެ ތެރެއިން ބޮޑެތި އިންވެސްޓުމެންޓުތަކަށް މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެޅުނު ފިޔަވަޅެއް ކަމަށްވެސް އެ ބޯޑުން ބުނެފައިވެއެވެ. 

އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މި މަޝްރޫއު ހިންގާ ކްރިސްޓަލް ހޯލްޑިންސްއާ ގުޅިގެން ވަގުތަށް މި މަޝްރޫއު ނިންމުމަށްޓަކައި މަސައްކަތްކޮށް، އެ މަޝްރޫއުގެ އިޖުތިމާއީ އިގުތިސާދީ މަންފާ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު