ENGLISH
02 ޖެނުއަރީ 2026
ބަނގުރަލާއެކު އިންޑިޔާ ފަސް މީހުން ހައްޔަރުކޮށްފި
31 ޑިސެމްބަރު 2025
|
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން. ފޮޓޯ: ޕޮލިސް
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި މައްޗަންގޯޅި ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ)ގެ އިތުރުން ރާޖާ ރަމަލިންގަމް (47އ) އެވެ.
މި އެންމެންނަކީ އިންޑިޔާ މީހުން ކަމަށާއި އަދި މި އެންމެން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ހަވާލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންކަމަށް ވެސް، އެ ހިދުމަތުން ވަނީ ބުނެފަ އެވެ.
މި މަހުގެ 28 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަން އެއްގައި ނޭޕާލްގެ ހަ މީހަކު ބަގުރަލާ އެއްކޮށް ހައްޔަރުކޮށް، ޑީޕޯޓްކުރުމަށް އިމިގްރޭޝަންއާ ހަވާލު ކުރެވިފައިވާކަން ވެސް ފުލުހުންގެ އިދާރައިން މީގެ ކުރިންވަނީ ބުނެފަ އެވެ.