ENGLISH
21 މާރިޗު 2026
ހިޔާވަހި ފައިނޭންސް؛ 909 މިލިއަން ރުފިޔާގެ 768 ލޯނެއް އެޕްރޫވުކޮށްފި
31 ޑިސެމްބަރު 2025
|
ހިޔާވަހި ފައިނޭންސް ލޯނުތައް ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުން
އެންމެ މަޤްބޫލު
ގިނަ ބަޔަކަށް ގެދޮރު ފޯރުކޮށްދިނުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ވަށާޖެހޭ ސިޔާސަތުގެ ތެރެއިން އަލަށް ގެދޮރު ބިނާކުރުމަށާއި، ބިނާކުރަން ފަށައި ހުއްޓިފައި ހުރި ގެދޮރު ބިނާކުރުމުގެ މަސައްކަތްތައް ނިންމުމަށާއި، ބިނާކޮށްފައި ހުރި ގެދޮރު މަރާމާތުކުރުމަށް ހެޔޮ އަގުގައި ލޯން ދޫކުރަން ތައާރަފުކުރި ހިޔާވަހި ފައިނޭންސްގެ ދަށުން 909 މިލިއަންގެ 768 ލޯނު ދޫކުރަން ހުއްދަ ދީފިއެވެ.
ގެދޮރު ބިނާކުރުމަށް ހެޔޮ އަގުގައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދެވުމުގެ ގޮތުން، ހިޔާ ފައިނޭންސްގެ ނަމުގައި ގެދޮރު ބިނާކުރުމަށް ބޭންކުތައް މެދުވެރިކޮށް ލޯނު ދޫކުރަން "ހިޔާވަހި" ފައިނޭންސް ސްކީމެއް ސަރުކާރުން ތައާރަފުކުރިއެވެ.
"ހިޔާވަހި" ފައިނޭންސްގެ ޕްރޮފިޓް ރޭޓަކީ %5 ކަމަށްވަނީ ކަނޑައަޅާފައިވެއެވެ. އޭގެ އިތުރަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނުތަކަށް އިކުއިޓީއެއް ދައްކަންނުޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު އެހެން ކެޓަގަރީތަކުގައި ބަހައްޓަންޖެހޭ އިކުއިޓީވެސް ނިސްބަތުން ވަރަށް ބޮޑަށް ކުޑަކޮށް ލުއިކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު ފަހިމާލޭ ލޯނުގެ ދަށުން ހަ މިލިއަން ރުފިޔާއާ ހަމައަށް 15 ލޯނު އަދި ސަހަރު ލޯނުގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް 410 ލޯނު އަދި ރަށްވެހި ލޯނުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް 343 ލޯނު އެޕްރޫވްކޮށްފައިވެއެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ލޯނުތަކުގެ ޖުމްލަ އަގު 909 މިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ ޖުމްލަ 768 ލޯނެވެ.
މިނިސްޓްރީން ކުރިން ބުނެފައިވަނީ މި އަހަރު ނިމުމުގެ ކުރިން އެއް ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭތޯ މަސައްކަތްކުރާނެއެވެ. "ހިޔާވަހި" ފައިނޭންސްގެ ދަށުން ލޯނު ދޫކުރުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރަށް، އެކި ގޮތްތަކުން ގެދޮރުވެރިކަމާ ހަމައަށް ވާސިލުވެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމާއެކު، މެދުފަންތީގެ އާއިލާތަކަށް ގެދޮރު ލިބޭނެ ގޮތް މަގުފަހިކުރުމާއި، ގޯތި ދޫކުރުން ފަދަ ސިޔާސަތުތައް ތައާރަފުކުރުމެވެ.