ENGLISH
31 ޑިސެމްބަރު 2025
ލ. ހިތަދޫ ފުލުހުންގެ މަރުކަޒުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށް
31 ޑިސެމްބަރު 2025
|
ލ. ހިތަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް -- ފޮޓޯ: އާރުޑީސީ
ޕަބްލިކް ސަރވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ލ ހިތަދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.
ހިތަދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ. މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތަދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
އާރުޑީސީއިން މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްގެންދާއިރު، އެކުންފުނިން ވަނީ ވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅު، ފުލުހުންގެ މަރުކަޒުގެ ތަޅުން އެޅުމުގެ މަސައްކަތް ނިންމާލާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ފައްޓަވާފައިވާ މަޝްރޫއެކެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމެވެ.