ENGLISH

31 ޑިސެމްބަރު 2025

Advertisement

ސިއްހީ ހިދުމަތް ދޭ ތަންތަނަށް އާސަންދަ ކުންފުނިން، ޖެނުއަރީ ނިމުމުގެ ކުރިން ފައިސާދައްކާ ނިންމަނީ

31 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އާސަންދަ ކުންފުނިން، ޖެނުއަރީ ނިމުމުގެ ކުރިން ފައިސާދައްކާ ނިންމަނީ--ފޮޓޯ: އެންސްޕާ

އާސަންދަ ކޮމްޕެނީ ލިމިޓެޑް މެދުވެރިކޮށް ސިއްހީ ހިދުމަތް ދިނުމަށް ފަހު، ހުށަހަޅާފައިވާ ބިލްތަކަށް ޖެނުއަރީ 31، 2026 ގެ ކުރިން ފައިސާ ދައްކާ ނިންމާނެ ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ގާތުން ބައްދަލުކުރުމުގެ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން، އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ފަހު ފައިސާ ނުދައްކާ  ބިލްތައް ގިނަވެފައިވާ ކަމުގެ ޝަކުވާ ވަނީ ހުށަހަޅާފަ އެވެ. އެހެންކަމުން އެ ޝަކުވާއަށް ހައްލެއް ގެނައުމަށްޓަކައި، އެ އެޖެންސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ފައިސާ ދެއްކުމުގެ އެންމެހާ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އެޖެންސީ އިން ވަނީ ބުނެފަ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން، އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާގެ ހިދުމަތް ލިބެ އެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް ފަދަ ގައުމުތަކުން އާސަންދައިގެ ދަށުން ދިވެހީންނަށް ބޭސްފަރުވާ ކުރެވެ އެވެ.

މިދިޔަ އަހަރު އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް 2.9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް އެންސްޕާއިން ވަނީ ހާމަކޮށްފަ އެވެ.

ސިއްހީ ހިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމާއެކު، ބޭނުން ޖެހިފައިވާ ގިނަ ފަރާތްތަކަށް ލުއި ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު