ENGLISH

31 ޑިސެމްބަރު 2025

Advertisement

ކުޅިވަރުގެ 20 މަޝްރޫއެއް ތަރައްޤީކުރުމަށް ސިވެކް ކުންފުންޏަށް

31 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ކުޅިވަރުގެ 20 މަޝްރޫއެއް ސިވެކް ކުންފުންޏާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ކުޅިވަރު ވުޒާރާ

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، 17 ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ގާއިމުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނިކަމަށްވާ ސިވެކްއާ ހަވާލުކޮށްފި އެވެ.

ކުޅިވަރާބެހޭ ވުޒާރާއިން ބުނީ، ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 17 ރަށެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 20 ކުޅިވަރު މަޝްރޫޢުތަކެއްގައި ކަމަށެވެ.

މި އެއްބަސްވުމުގައި، އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ދިލްޝާން ޢަބްދުﷲ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރައްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބެއިރު އެވެ.

ސިވެކްއާއެކު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

  • އދ. ފެންފުށި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން
  • އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު ޤާއިމްކުރުން
  • ބ. ކަމަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން
  • ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން
  • ފ. ދަރަނބޫދޫ ވޮލީކޯޓު ޤާއިމްކުރުން
  • ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން
  • ހއ. ދިއްދޫ ސްވިމިން ޓްރެކް ޤާއިމްކުރުން
  • ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން
  • ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން
  • މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްޤީކުރުން
  • ނ. ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން
  • ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން
  • ނ. ޅޮހި ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން، މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން، އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން
  • ނ. މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން
  • ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން
  • ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން
  • ނ. ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން
  • ވ. ފުލިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ، ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ މަޝްރޫޢުތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު