ENGLISH

31 ޑިސެމްބަރު 2025

Advertisement

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއް ބައިވެރިވެވަޑައިގަންނަވާނެ

31 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ

ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގަންނަވާގޮތަށް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ވަނީ ހާމަކުރައްވާފަ އެވެ. 

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ މިއަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑޮކްޓަރ މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު