ENGLISH
31 ޑިސެމްބަރު 2025
މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލްގެ މެއިން ސްޕޮންސަރ އަކަށް ބީއެމްއެލް
30 ޑިސެމްބަރު 2025
|
މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ދިވެހި ސަގާފަތާއި، ކާބޯތަކެއްޗާއި، އިޖުތިމާއީ ރޫހު ދައްކުވައިދޭނެ ފެސްޓިވަލެކެވެ. 30 ޑިސެންބަރުން 1 ޖަނަވަރީއާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ފެސްޓިވަލް ކުރިއަށް ދާނެއެވެ.
މި ފެސްޓިވަލްއަކީ ދިވެހި ފަތުރުވެރިކަމަށް ވޭތުވެ ދިޔަ އަހަރު ލިބުނު މުހިންމު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން، މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއި، ޖެހިޖެހިގެން ހަވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ރާއްޖެއަށް ލިބުން ފާހަގަކުރެވޭނެއެވެ.
ފެސްޓިވަލްގައި މުނިފޫހިފިލުވުމުގެ އެކި ޒޯންތައް ހުންނާނެއެވެ. މީގެ ތެރޭގައި އުޅަނދުފަހަރު ދައްކާލުމާއި، މޫދު ކުޅިވަރުގެ ހަރަކާތްތަކާއި، އާއިލާތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. މީގެ އިތުރުން، ޑްރޯން ޝޯއަކާއި، އާ އަހަރުގެ ހަވާއެރުވުމުގެ އިތުރުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ރަސްމީ ކައުންޓްޑައުން ވެސް މި ފެސްޓިވަލްގައި ކުރިއަށްދާނެއެވެ.