ENGLISH
30 ޑިސެމްބަރު 2025
ކޮންގްރެސްގެ ކެލާ ކެންޑިޑޭޓް އަބްދުލް ފައްތާހް ކުއްލި ގޮތަކަށް ނިޔާވެއްޖެ
30 ޑިސެމްބަރު 2025
|
އަބްދުލްފައްތާޙް
ކޮންގްރެސްގެ ފަރާތުން ހއ. ކެލާ ކައުންސިލްގެ ރައީސް ކަމަށް ކަނޑައަޅާފައިވާ ކެންޑިޑޭޓް އަބްދުލް ފައްތާހް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ފައްތާޙް ނިޔާވީ މިރޭގެ ވަގުތެއްގައި ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ. ކެލާގައި ދިރިއުޅޭ ފައްތާޙް ހޮސްޕިޓަލަށް ގެންދިޔައީ ސްޓްރޯކެއް ޖެހިގެންނެވެ.
ފައްތާޙް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފަ އެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓްވެސް އޭނާއަށް ވަނީ ލިބިފަ އެވެ.