ENGLISH

30 ޑިސެމްބަރު 2025

Advertisement

ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ހެޔޮ އަގުގައި ގުދަން ކުރެވޭނެ ގޮތް ހަދައިދެނީ

30 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

އެމްޕީއެލް ސަރަޙައްދުގައި މަަަސައްކަތް ހިނގަނީ --

މާލެ ސަރަޙައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ބުނީ ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިތަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވައި އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެކަންކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒު ކުރެއްވުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ.

މި ގޮތުން ރައީސުލްޖުމްހޫރިއްޔާ, ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު ޑިސެންބަރު 17 ގައި ކުރެއްވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރީން ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ސަރަޙައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އަދި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މުދާ ކުލިއާ ކުރާން މިހާރަށްވުރެ އަވަސް ކުރުމާއި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުފަހަރުގައި ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން މިކަންކަން އެ ވުޒާރާއިން ގާތުން ބަލަމުންދާނެ ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ, ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު ކުރެއްވި ބައްދަލްކުރެއްވުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ދިވެހީންނައި ވާރކް ޕާމިޓް ހޯލްޑަރުން ބައިތިއްބުމަށް ޚާއްސަކޮށްގެން ހިންގާ ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓްރީކޮށް ކޯޓާ ލިބުމުގައި ދިމާވާ ދަތިތައް މިހާރު ޙައްލުކުރެވިފައިވާ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ވަނީ ބުނެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު