ENGLISH
30 ޑިސެމްބަރު 2025
ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރެއްވުމަށް ރައީސް ނިންމަވައިފި
30 ޑިސެމްބަރު 2025
|
ވެމްކޯ މުވައްޒިފުން ކުނި އުކާލަނީ --
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމުން ވެމްކޯއިން މިރޭ ވަނީ ހާމަކޮށްފަ އެވެ. އެ ކުންފުނިން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ވެމްކޯ އިން ކުނި އުކާލުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުން އަންނަ ފީ ފެބްރުއަރީ 1, 2026 އިން ފެށިގެން ލުއި ދިނުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު އެސްއެމްއީ ތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑުތަކެއް ތައާރަފުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
މި މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑުތައް އެ ކޯޕަރޭޝަނުން ހިއްސާކުރަމުންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރުމަށް ވިޔަފާރިވެރީން ވަނީ އެދިފަ އެވެ.