ENGLISH

30 ޑިސެމްބަރު 2025

Advertisement

ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބިއްޖެ: ފުލުހުން

30 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ސަނީ އުމަރު --

ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ޓޫރިޒަމް ދާއިރާގެ ގިނަ ކުންފުނިތަކެއް އުފެއްދި ސަނީގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އެ މައްސަލައާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށާ ބަންދުން ދޫކޮށްލި ކަަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ސަނީ އުމަރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު ހަމަވާނީ 2026 ޖެނުއަރީ 01 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު