ENGLISH
21 މާރިޗު 2026
ނުވަ ފަހަރު އިއުލާނުކޮށްގެން ވެސް މި މީހާ ނުފެނުނު
26 ޑިސެމްބަރު 2025
|
ފުލުހުންނަށް ނުހޯދުނު މީހާ
އެންމެ މަޤްބޫލު
ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރު ހޯދުމަށް އެތައް ފަހަރަކު އިއުލާނުކޮށްގެން ވެސް މިހާތަަނަށް ހޯދިފައިނުވާ ކަމަށް ފުލުުހުން ބުނެފި އެވެ.
ނޫސްވެރިއަކު މިރޭ ވަނީ އިޒާމް ހޯދަން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.
އެ ސުވާލާއި ގުޅިގެން ފުލުހުން ބުނީ އިޒާމް ޒާހިރު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި ބުނީ އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށްޓަކައި 9 ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައި ކަމަށެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އިޒާމް ފެނިފައިނުވާ ކަމަށް ބުންޏެވެ.